މިނިމަމް ވޭޖާއި އެކު ވެސް މުސާރައަށް ބަދަލެއް އައިސްފައި ނުވާތީ ދާލު އެއަރޕޯޓުގެ މުވައްޒަފުން އިހުތިޖާޖު ކުރަނީ

މިނިމަމް ވޭޖާ އެކު ވެސް މުސާރައަށް ބަދަލެއް އައިސްފައި ނުވާތީ ދާލު އެއަރޕޯޓުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަރޕޯޓު އޮޕަރޭޝަންގެ މުވައްޒަފުން މިއަދު ވަ...

05 Feb 2022 | 08:44

މިނިމަމް ވޭޖާ އެކު ވެސް މުސާރައަށް ބަދަލެއް އައިސްފައި ނުވާތީ ދާލު އެއަރޕޯޓުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަރޕޯޓު އޮޕަރޭޝަންގެ މުވައްޒަފުން މިއަދު ވަޒީފާއަށް ނިކުތްނަމަވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި މިވަގުތު މުވައްޒަފުން ތިބީ އެއަރޕޯޓުގެ އޮފީހެއްގެ ތެރޭގައި މަޑުކޮށްލައިގެންނެވެ.

ސުލްހަވެރިކަމާއެކު އެ މީހުން އިހިތިޖާޖު ކުރަމުން ދަނީ މިނިމަމް ވޭޖާއި އެކު ވެސް މުސާރައަށް ބަދަލެއް އައިސްފައި ނުވާތީ އާއި މުސާރައިގެ އޮނިގަނޑެއް ވެސް އެކުލަވާލައިފާ ނުވާތީ އެވެ. އަދި މުވައްޒަފުން ލައްވާ ބުރަކޮށް މަސައްކަތްކުރުވާ ކަމަށް ވެސް އެމީހުން އަންނަނީ ބުނަމުންނެވެ.

އިހުތިޖާޖުކުރަމުން ދާ މުވައްޒަފުންގެ ޕެޓިޝަނެއް ހަދާފައިވާ އިރު، އެ ޕެޓިޝަންގައި މަގާމުގެ ޒިންމާއާއި އެކަށޭނަ މުސާރައެއް ނުލިބުމާއި ވަޒީފާގެ ކޮންޓްރެކްޓު އާ ނުކުރުމާއި މުސާރައިގެ ރަނގަޅު އޮނިގަނޑެއް ނެތުން ވަނީ ހިމަނާފައެވެ. އަދި މިނިމަމް ވޭޖު ކަނޑައެޅިފައި ނެތުމާއި އެކަށީގެންވާ އަދަދަކަށް މުވައްޒަފުންނާއި، ސާމާނު ނެތުމާއި މަގާމަށް އަންނަން ޖެހޭ ކުރިއެރުން ނަައުމާއި ޔުނީފޯމް ނުލިބުމާއި ލިބެންޖެހޭ އެލަވަންސްތައް ނުލިބުން ވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން މުސާރަ ސްލިޕުގައި މުސާރައިގެ އިތުރުން ލިބޭ އެލަވަންސްތައް ހިމެނިފައި ނުހުރުމާއި މުސާރަ ސްލިޕު ލިބުން ލަސްވުން އަދި ޑިޕާޓްމަންޓުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުން ހިމަނާފައިވެއެވެ.

އެ ޕެޓިޝަންގައި ވަނީ ބުރަކޮށް މަސައްކަތް ކުރަން ޖެހޭއިރު ގެއަށް ކާން ދާނެ ވަގުތެއް ވެސް ނުލިބޭކަން ފާހަގަކޮށް، ފޫޑް އެލަވަންސްގެ ގޮތުގައި ވެސް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ މީގެ ހަތަރު އަހަރު ކުރީން ސުރެ، ކުރަމުން އައި ޑިމާންޑުތަކެއް ކަމަށާއި އެހެން ނަމަވެސް މި ކަންކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް އެތަނުގެ މުވައްޒަފުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އެއަރޕޯޓްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ދ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓަށް އާއްމުކޮށް ދަތުރުކުރަނީ މަންތާއެއަރއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް