މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެ ބައި ކުޅަ އެއްބައި މީހުން ވޯޓުލައިފި އެވެ.
ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު8:00ން ހަވީރު4:00 އަށެވެ. އިންތިހާބުގެ ވޯޓުލުން ނިމެން ބާކީ އޮތީ ގާތްގަނޑަކަށް2:30 މިނެޓެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މެންދުރު12:00 އާއި ހަމައަށް ވޯޓުލާ އާބާދީގެ55.52 ޕަސެންޓު މީހުން ވަނީ ވޯޓު ލާފަ އެވެ. އެއީ1،472 މީހުންނެވެ.
މިހާތަނަށް ވޯޓުލާފައިވަނީ741 ފިރިހެނުންނާއި731 އަންހެނުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ3،309 މީހުން ކޮމަންޑޫ ދާއިރާގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް