ގދ. ތިނަދޫގެ މަގުތައް ހެދުމަށް ރޯމެޓީރިއަލްސް އެރަށަށް ގެންގޮސްފި

ގދ. ތިނަދޫގެ މަގުތައް ހެދުމަށް ރޯމެޓީރިއަލްސް އެރަށަށް ގެންގޮސްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އާރްޑީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިނަދޫ މަގު ހެދު...

05 Feb 2022 | 07:06

ގދ. ތިނަދޫގެ މަގުތައް ހެދުމަށް ރޯމެޓީރިއަލްސް އެރަށަށް ގެންގޮސްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ބޭނުންވާ ރޯމެޓީރިއަލްސް މިހާރުއެ ރަށަށް ގެންގޮސްފައިވާކަމަށެވެ.

އެ ކުންފުނިން މި މަޝްރޫއުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.

ތާރު އެޅުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢުގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

https://twitter.com/rdcmaldives/status/1489811034017779717

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް