މިހާރު ކުރިޔަށްދާ ފޯރިގަދަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މަލޭގައި ވޯޓްލާ ސަރަހައްދުގައި ފައިސާ ބަހާކަމުގެ ތުހުމަތު ތަކެއްކޮށް ހަމަނުޖެހުން ހިންގައިފިއެވެ.
މައޫލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުން ހިންގައިފައި ވަނީ އިސްކަންދަރު ސްކޫލު ގައި ބަހައްޓާފައި ހުރި ފޮށީގެ ހިމެނޭ ސަރަހައްދުގައެވެ.
އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި އެމްޑީޕީގެ ޖަގަހަ އަކަށް ވައްދައި، އެ މީހުންނަށް ފައިސާ ދޭ ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އެސަރަހައްދުގައި ދަނީ އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންނެވެ. އެގޮތުންއެ ޕާޓީން ބުނާ ގޮތުގައި ވޯޓު ލާން ގޮސް ތިބޭ ބައެއް މީހުން އެ ޖަގަހަ އަށް ވައްދަމުން ގެންގޮސް އެމީހުނަށް ފައިސާ ދޭކަމަށް ބުނެ ޕީޕީއެމްގެ ސަޕޯޓަރުން ބުނެއެވެ.
މިއަދު ހެނދުނު ފެށުނު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ށ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުން ވޯޓްލާއިރު، ޖުމްލަ 3،309 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް