އުރީދޫގެ ފައިދާއިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ހުށަހަޅަނީ

އުރީދޫ މޯލްޑިވްސްގެ ފައިދާއިން ހިއްސާއަކަށް2.70 ރުފިޔާ ބަހަން ނިންމައިފި އެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ...

05 Feb 2022 | 05:46

އުރީދޫ މޯލްޑިވްސްގެ ފައިދާއިން ހިއްސާއަކަށް2.70 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނަމަވެސް މިގޮތައް ފާސްވާނީ އަހަރީ ޢާންމު ޖަލްސާގައި ޙިއްސާދާރުންގެ ވޯޓުން ފާސްވުމުންނެވެ.

އުރީދޫގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުގައިކަމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ. އުރީދޫއިން ބުނީ އަހަރީ ޢާންމު ޖަލްސާގައި ފާސްކުރުމުން މާޗް މަހުގެ ތެރޭގައި ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަންފަށާނެކަމަށެވެ.

އެ ކުންފުނީގެ 2021ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 17ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ޙިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިދިޔަ އަހަރު އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކުރިއެވެ. އެހެންކަމުން މިއަހަރުގެ އުރީދޫގެ ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވަނީ މިދިޔަ އަހަރަށްވުރެ 36 ލާރި އިތުރު ޢަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް