މި ފަނާވަނިވި ދުނިޔޭގައި ދިރިތިބީންނަށް ފެންނަމުންދާ ކޮންމެ މަންޒަރަކީވެސް އެތައް އިބުރަތެއް ހާސިލް ކުރެވޭނެ ކަންކަމެވެ. މަންޒަރުތަކެވެ. އެގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ފޮޓޯއިން އެތައް އިބުރަތެއް ހާސިލް ކުރެވޭނެ އެވެ.
މި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލެއްގައި ބަލިވެ އެނދުމަތިކޮށްފައިވާ މީހެއްގެ ގައިގަ ކޮތަރެއް އިށީނދެގެން އިންނަ ތަނެވެ. ފޭސްބުކްގަިއ ކޮށްފައިވާ މި ޕޯސްޓާއި އެކު "ކުރު އެކަމަކު އިބުރަތުން ފުރިގެންވާ" ލިޔުންކޮޅެއް ދޫކޮށްލާފައިވެ އެވެ.
ހާއްސަކޮށް މައިންބަފައިންނަށް އަޅާލުމާއި އޯގާތެރިކަން ބެހެއްޓުމަށް ބާރު އަޅާ މޭރުމުން ލިޔެފައިވާ މި ލިޔުންކޮޅުގެ ސަބަބުން ހިތަށް ވަރަށް ފުން އަސަރު ކުރެ އެވެ. ލިޔުމުގައި ބުނެފައިވަނީ އެއީ ނަރުހަކު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
"މިއީ ނަރުހަކު ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯ ނެގުމަށް ފަހު ކިޔައިދިނެވެ! މި ފިރިހެންމީހާ ބަލި އެނދުގައި އޮންނަތާ23 ވަރަކަށް ދުވަސް ވެއްޖެ އެވެ.23 ދުވަސް ފާއިތުވެގެން ދިޔަ އިރު ބަލި މީހާގެ ދަރިއެއް އާއިލާ މީހެއް ނުވަތަ ގާތްތިމާގެ ނޫނީ ރަހުމަތްތެރިއަކުވެސް ހާލު ބަލާކަށް ނާދެ އެވެ،" ލިޔެފައިވެ އެވެ.
އެއީ ކޮންމެ ގައުމެއްގައި ހިނގާދިޔަ ހާދިސާއެއް ކަމެއް ނޭނގެ އެވެ.
އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ "ނަމަވެސް ފޮޓޯއިން ތިފެންނަ ކޮތަރު ބަލިމީހާ އެޑްމިޓްކުރި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ބަލިމީހާ ކައިރިއަށް އާދެއެވެ. އަދި ބަލިމީހާގެ މޭމަތީގައި ބައިގަނޑިއެއްހާއިރު ވަންދެން އިނދެފައި ހިނގައިދެއެވެ." މިފަދައިންނެވެ.
ދުވަސްތަކެއް ފާއިތުވިފަހުން އަހަންނަށް ޚަބަރު ލިބުނުގޮތުގައި، މި ފިރިހެން މީހާއަކީ ކޮންމެ ދުވަހަކުހެން ކޮތަރު ޕާކަށް ގޮސް ކޮތަރުތަކަށް ކާންދީހަދާ މީހެއް ކަމަށާއި ކޮންމެ ދުވަހަކު އެމީހާ ޕާކަށްދާ ވަގުތު ކޮތަރު އެމީހާ ކައިރިއަށް އެއަންނީ ހާލުބަލަން ކަމަށާއި ކާއެތިކޮޅު ހިފައިގެން ޕާކަށް ނުދާތީ ކަމަށެވެ.
އަހަރުމެން އިންސާނުންނަށް އެވަރުވެސް ކޮށްނުލެވެއެވެ. އުމުރު ދުވަހު ލޯބިން ބަލާބޮޑުކުރި ދަރިން ވެސް ހާލުބަލާލަން ނާދެއެވެ. އަހަރުމެން އިންސާނުންނަށްވުރެ ކޮތަރުވެސް ކާންދޭ މީހާއަށް ބަލައެވެ.
އާއެކެވެ. މި ޒަމާނުގައި ބައެއް ދަރީންނަށް މައިންބަފައިންނަކީ މޫ މުހިންމު ބަޔަކަށް ނުވެއެވެ. ލޮލުގެ ނާރު ކޮށާލައިގެން ބަލާބޮޑުކުރި ދަރީންގެ ބޭނުން އެ މައިންބަފައިންނަށް އެންމެބޮޑަށް ޖެހޭ އިރު، އެ ދަރީން މާބޮޑަށް ވެސް ބިޒީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް