އޮލިމްޕިކް ބެއިޖިން 2022 ޓޯޗު ރިލޭގައި ޝާހިދު ދުވެވަޑައިގެންފި

އޮލިމްޕިކް ވިންޓަރ ގޭމްސް ބެއިޖިން 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓޯޗު ރިލޭގައި އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު ދުވެވަޑައިގެންފި...

05 Feb 2022 | 05:14

އޮލިމްޕިކް ވިންޓަރ ގޭމްސް ބެއިޖިން 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓޯޗު ރިލޭގައި އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު ދުވެވަޑައިގެންފިއެވެ.

ދަންމަރާއެކު ރިލޭގައި ދުވެވަޑައިގެންނެވުމަށްފަހު ވާހަކަފުޅުދައްކަވަމުން, ޝާހިދު ވިދާޅުވީ އޮލިމްޕިކްސް ރަމްޒު ކޮށްދެނީ އިންސާނިއްޔަތުކަން އެންމެ ފުރިހަމަ މާނައިގައި ތަމްސީލް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި މި ހަރަކާތުގައި އެންމެން އަތުގުޅާލުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ މި ޝަރަފު ލިބިވަޑައިގެންނެވިކަމީ ވަރަށް ބޮޑު ފަހުރެއް ކަމުގައެވެ.

އޮލިމްޕިކް ޓޯޗު ރިލޭގައި 14 އަހަރާއި 86 އަހަރާ ދެމެދުގެ 1200 އެއްހާ މީހުން ބައިވެރިވެފައި ވެއެވެ. އޮލިމްޕިއަންސް އާއި އެނޫންވެސް ފާހަގަކޮށްލެވޭ ފަރާތްތަކުގެ އިތުރުން، ޓޯޗު އުފުލާ މީހުންގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި، ޓީޗަރުންނާއި، ކިޔަވާ ކުދިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް