މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެންމެ ލަހުން ވޯޓުލުން ފެށުނީ މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދުގެ ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައި ވަނީ ހެނދުނު8:00 ން ހަވީރު4:00 އަށެވެ. ކޯވިޑް ޖެހިފައިވާ މީހުންނާއި ކަރަންޓީންގައި ތިބި މީހުން ވޯޓުލާން ކަނޑައަޅާފައިވަނީ މެންދުރު ފަހު3:00 ން ހަވީރު4:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި8:00 ގައި ވޯޓުލުން ފެށުނީ މިއަދު ވޯތުލުން ކުރިޔަށްދާ ފޯކައިދޫގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށްޓާއި މަރޮށީގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގައި އެވެ. ކޮމަންޑޫ ގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށީގެ ތެރެއިން އެ ފޮށީގައި8:02 ގައި ވޯޓުލުން ފެށުނު އިރު އަނެއް ފޮށީގައި ވޯޓުލުން ފެށުނީ8:03 ގައި އެވެ.
މި ބައި އިލެކްޝަންގައި ރީރެޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލުމަށް މާލޭގައި އިސްކަންދަރު ސްކޫލްގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާފައިވެ އެވެ. އެއީ ކޮމަންޑޫ ރައްޔިތުންނަށް ހާއްސަ ފޮށްޓަކައި ފޯކައިދޫ އަދި މަރޮށީ މީހުންނަށް ހާއްސަ ފޮށްޓެކެވެ.
އެ ދެ ފޮށީގެ ވޯޓުލުން ފެށިފައިވަނީ ހެނދުނު8:12 ގައި އެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުން އެ ދާއިރާގެ ރަށްތަކުގައި އެބަތިއްބެވެ. އެއީ ކޮމަންޑޫގައި 1،406 މީހުން، މަރޮށީގައި 703 މީހުން އަދި ފޯކައިދޫގައި 1،201 މީހުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މެމްބަރުކަން ފުރުއްވި ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް