އެމީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ލިބިދޭންޖެހޭ: ހަބީބު

އެމީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ލިބިދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލ...

05 Feb 2022 | 04:48

އެމީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ލިބިދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ހަބީބު ވިދާޅުވީ މިނިވަން އިންސާފުވެރި އޮމާން މާޙައުލެއް ގާއިމްވެ، އެމީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު އެމީހަކަށް ލިބިދޭން ޖެހޭ ކަމަށެވެ. އެކަމަށް ހުރިހާ ފަރާތްތަކުން ޤާނޫނާއި ޤަޥާޢިދަށް ޙުރުމަތްތެރކޮށް ހިތުމަށް އިލްތިމާސް ކުރާ ކަމަށް ވިދާޅުވި އެވެ.

އެންމެ ނަތީޖާއަކުންވެސް އިންތިހާބުގެ ނަތީޖާ ބަދަލުވެދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބަކީ ގައުމެއްގެ ޑިމޮކްރެޓިކް ހަމަޖެހުމުގެ ބިންގާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ދަނީ އޮމަންކަމާއި އަމާން ކަމާއި އެކު ކަމަށެވެ.

https://twitter.com/IsmailHabeeb/status/1489807291930996737

މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި ވާދަ ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި ޕީޕީއެމުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާނެވެ. މިއީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރިކަން ބޮޑު ބައި އިލެކްޝަނެވެ.

މިއަދު ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ހެންދުނު8:00 ން ހަވީރު4:00 އަށެވެ. ކޯވިޑް ޖެހިފައިވާ މީހުންނާއި ކަރަންޓީންގައި ތިބި މީހުން ވޯޓުލާން ކަނޑައަޅާފައިވަނީ މެންދުރު ފަހު3:00 ން ހަވީރު4:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް