ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
މި ދާއިރާގެ އިންތިހާބުގައި ވާދަ ކުރަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި ޕީޕީއެމުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާނެވެ.
މި ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ހުރިހާ ވޯޓު ފޮށްޓެއްގައިވެސް ހެނދުނު8:00 ގައި ފެށިފައވާ ކަމަށެވެ. ވޯޓުލުން ކުރިޔަށް ގެންދަނީ ހެނދުނު8:00ން ހަވީރު4:00 އަށެވެ.
ކޯވިޑާއި ގުޅިގެން ޕޮސިޓިވް އަދި ކަރަންޓީން މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވަނީ މެންދުރު ފަހު3:00 ން4:00 އަށެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުން އެ ދާއިރާގެ ރަށްތަކުގައި އެބަތިއްބެވެ. އެއީ ކޮމަންޑޫގައި 1،406 މީހުން، މަރޮށީގައި 703 މީހުން އަދި ފޯކައިދޫގައި 1،201 މީހުންނެވެ.
މިއަދު ކުރިޔަށްދާ އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްފައިވަނީ ފޯކައިދޫ އާއި ކޮމަންޑޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށްޓެވެ. މީގެ އިތުރުން މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް