ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.
އެއީ ފ. ބިލެއްދޫ، ރ. އިންނަމާދޫ، ށ. ފީވަކު އަދި ގދ. މަޑަވެލީ ނަރުދަމާ ނިޒާމެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2,100,347.6( ދެ މިލިއަން އެއް ސަތޭކަ ހާސް ތިން ސަތޭކަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ހަ ލާރި) އަށެވެ.
މި އެއްބަސްވުމުގައި އެންވަޔަރަމަންޓު މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މަސައްކަތް ނިންމަންޖެހެނީ ތިން ތެރޭގައި އެވެ. އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި މަސައްކަތަކީ އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް