ބޭންކް އޮފް މޯލްޑިވްސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުވައްމުލަކު ސިޓީގައި ދޭން ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ބީއެމްލް ފުވައްމުލަކު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތް އެ ސިޓީގައި ދޭން ފެށީ މިހާރު އެ ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކު" ކެމްޕެއިންގެ ތެރެއިން ކަމަށެވެ. "އަހަރެންގެ ބޭންކު" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.
ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ އާއި ޗެކު ޖަމާ ކުރުމާއި ޓްރާންސްފާގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށަށް މި ހިދުމަތް ތައާރަފު ވުމުން ވިޔަފާރިވެރިންނަށާއި އާންމުންގެ ބޭނުންތައް ފުއްދުމުގައި ލުއި ފަސޭހަވާނެ ކަމަށެވެ
" އަޅުގަނޑުމެން ދެކޭގޮތުގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށްކަމުގައިވާ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި އާންމުންގެ ބޭނުންތައް ފުއްދައިދިނުމަށް އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުން ވަރަށް މުހިންމު. މި އާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ހޯދޭނެ،" ޝަރީފު ވިދާޅުވި އެވެ.
ފުވައްމުލަކުގައި ހުޅުވި ސެލްފް ސާވިސް ބޭންކިންގް ސެންޓަރަކީ، ބީއެމްއެލްއިން ރާއްޖޭގައި ހުޅުވި 20 ވަނަ ސެލްފް ސާވިސް ބޭންކިންގް ސެންޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް