ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީން ބޮއިކޮޓު ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްުﷲ ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގައި ބައިވެރި ނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ. ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނ...

05 Feb 2017 | 07:04

ރައީސުލްޖުމްހޫރިއްޔާ އަބްުﷲ ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގައި ބައިވެރި ނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ދަރުބާރުގޭގައި އެވެ.

އެމްޑީޕީން ބުނީ އެ ޖަލްސާގައި އެ ޕާޓީގެ އެއްވެސް މަޖިލީސް މެންބަރަކު ބައިވެރި ނުވާން ނިންމީ ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ މީޑިއާގައި ވިދާޅުވީ އެ ޖަލްސާގައި ބައިވެރި ނުވާން ނިންމީ ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ހިންގަވާ އަމަލުތަކާއި ކަންކަން، ބަދަލުކޮށްގެން ދައްކަވާ ވާހަކަފުޅުތައް އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތާއި ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް