މަސް ހިފަން ނުކުމެ އުޅެނިކޮށް ގެއްލުނު ބަޔަކު ހޯދައިފި

މަސް ހިފަން މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ތިން މީހަކު އެމްއެންޑީއެފުން ހޯދައިފި އެވެ. އެމީހުން ގެއްލިފައިވަނީ ކ. އެނބޫދޫ ފިނޮޅު ކައިރޔަށް މަސް ހިފަން ގޮސް މޫދަށް ފައިބައިގެން އުޅެ...

05 Feb 2017 | 05:32

މަސް ހިފަން މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ތިން މީހަކު އެމްއެންޑީއެފުން ހޯދައިފި އެވެ.

އެމީހުން ގެއްލިފައިވަނީ ކ. އެނބޫދޫ ފިނޮޅު ކައިރޔަށް މަސް ހިފަން ގޮސް މޫދަށް ފައިބައިގެން އުޅެނިކޮށެވެ. އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑަށް އެ ހާދިސާގެ ރިޕޯޓު ކުރީ ރޭ ގާތްގަނޑަކަށް 9:50 ހާއިރު އެވެ. މަސް ހިފަން ދިޔައީ ފަސް މީހުންގެ ގްރޫޕަކުން ކަމަށެވެ.

ކޯސްޓްގާޑަށް އެ ތިން މީހުން ފެނިފައިވަނީ ރޭ މެންދަމު 1:45 ހާއިރު އެވެ. އެމީހުން ފެނިފައިވަނީ ވ. ވާދޫ ކައިރިން ކަމަށާއި  ފެނުނު އިރު ތިބީ ދުއްވި ޑިންގީ ބަންޑުން ޖަހާލާފައި އޮތުމުން އޭގެ މަތީގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބިދޭސީ އެކެވެ.

ފެނުނު އިރު އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑިއެފުން ބުނެ އެވެ. އެމީހުން ހޯދީ ކޯސްޓްގާޑު އުޅަނދުތަކާއި ނައިޓް ވިޝަން ކެމެރާއެއްގެ އެހީގައި އެވެ.

ދެން އެމީހުންނާއި އެކު ދިޔަ ދެމީހުން ފެނިފައިވަނީ އެނބޫދޫ ފިނޮޅު ކައިރީ އޮތް ފިނޮޅަކަށް އަރާ ތިއްބައެވެ. އެއީ ބިދޭސީ އަކާއި ދިވެއްސެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް