މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ރާއްޖެ ޓީވީގެ އަލީ ޔޫސުފް ކާމިޔާބު ކޮށްފި

އިއްޔެ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ރާއްޖެ ޓީވީގެ ނިއުސް ހެޑް އަލީ ޔޫސުފް ކާމިޔާބުކޮށްފި އެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރީ ޗެނަލް 13 ގެ ސްޓޭޝަން އިންޗާޖު މުހައްމަދު ނިޔާޒާއި ވ...

05 Feb 2017 | 02:44

އިއްޔެ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން ރާއްޖެ ޓީވީގެ ނިއުސް ހެޑް އަލީ ޔޫސުފް ކާމިޔާބުކޮށްފި އެވެ.

އޭނާ މި ގޮނޑި ކާމިޔާބު ކުރީ ޗެނަލް 13 ގެ ސްޓޭޝަން އިންޗާޖު މުހައްމަދު ނިޔާޒާއި ވާދަކޮށްގެންނެވެ. މި އިންތިހާބުގައި 98 މީޑިއާއަކުން ވޯޓުލިއިރު، އަލީ ޔޫސުފް ވަނީ 66 ވޯޓު ހޯދައިފަ އެވެ. ނިޔާޒަށް ލިބުނީ 32 ވޯޓެވެ.

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން މިއަދު މި ބޭއްވީ ކުރިން އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަފްޒަލް އިސްތިއުފާ ދެއްވުމުނެވެ.މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުގެ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް