ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަން ބޭނުންވެ ނުފެނިފައިވާ މީހަކީ ލ.އިސްދޫ، ގުލްފާމުގޭ، އާދަމް ޝާހިދު (28އ) ކަމަށެވެ.
ޝާހިދާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އެކަން ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ރ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791508 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުން އެދޭކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް