ގާސިމާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އިލްތިމާސްކޮށްފި

ޤާސިމް އިބްރާހީމްއާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވުމަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ހުރަސް އެޅުން ކަމުގައިވާތީ، ޤާނޫނުއަސާސީއާ ...

05 Feb 2015 | 06:29

ޤާސިމް އިބްރާހީމްއާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވުމަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ހުރަސް އެޅުން ކަމުގައިވާތީ، ޤާނޫނުއަސާސީއާ ޚިލާފު އެފަދަ ޢަމަލެއް ޕްރޮސެކިޔުޓަރ ޖެނެރަލް ނުހިންގެވުމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން އިލްތިމާސްކޮށްފި އެވެ.

މިކަމާބެހޭގޮތުން ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާޢީ ދައުވާ ކުރިއަށް ނުގެންދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ގޮވާލައްވައި، އެމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތްކުރާނެ ޖާގަ ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި އެ ދަޢުވާ ޕްރޮސެކިޔުޓަރ ޖެނެރަލް އަނބުރާ ގެންދެވުމަށް އިލްތިމާސް ދަންނަވާފައިވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި މިނިވަން ކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަމާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ރައްޔިތުން ހިންގާ އެކިއެކި ކަންކަމަށް ހުރަސް އެޅޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ޕީޖީއަށް އިލްތިމާސް ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް