މާއީލް ހޯދަން ފުނަދުއާއި ޅައިމަގު ރައްޔިތުން ނިކުމެއްޖެ

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދަން ފުލުހުންނާއި ސިފައިންނާއެކު ށ.ފުނަދުއާއި އެއަތޮޅު ޅައިމަގު ރައްޔިތުން ނިކުމެއްޖެ...

05 Feb 2015 | 04:36

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދަން ފުލުހުންނާއި ސިފައިންނާއެކު ށ.ފުނަދުއާއި އެއަތޮޅު ޅައިމަގު ރައްޔިތުން ނިކުމެއްޖެ އެވެ.

މިކަމާމެދު ދުވަހަށް މައުލޫމާތުދެއްވަމުން ޅައިމަގު ކައުންސިލް ރައީސް އަބްދުލްޢަނީ އިބްރާހިމް ވިދާޅުވީ ރަށުގެ ރައްޔިތުން މާއީލް ހޯދަން ނިކުތީ އަތޮޅު ކައުންސިލާއި ފުލުހުން އެކަމަށް އެދުމުން ކަމަށާއި އެގޮތުން މިއަދު 8:45 ހާއިރު ޅައިމަގު ރައްޔިތުންގެ ބަޔަކު ފުލުހުންނާއި ސިފައިންނާއެކު މާއީލް ގެއްލުނު ރަށް ކަމުގައިވާ ފިރުނބައިދޫއަށް ގޮސްފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ށ.އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ފުނަދޫ އަދި ޅައިމަގު ކައުންސިލްގެ ބައެއް މެމްބަރުންވެސް ވަނީ މި "އޮޕަރޭޝަންގައި" ބައިވެރިވެ މާއިލް ހޯދުމުގެ މަސައްކަތް ކުރުމަށް ފިރުނބައިދުއަށް ގޮސްފަ އެވެ. މި އޮޕަރޭޝަނާ ބެހޭގޮތުން ޅ.އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ މި އޮޕަރޭޝަންގައި ށ.ފުނަދޫ އަދި ޅައިމަގު ރައްޔިތުންނާއެކު ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މި އޮޕަރޭޝަންގައި މާއީލް ގެއްލުނު ރަށް ކަމުގައިވާ ފިރުނބައިދޫ އިތުރަށް ބަލާ ފާސްކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް