އިރާގާއި ސޫރިޔާގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތަކީ އިސްލާމްދީނަށް ލޯބިކުރާ ބައެއް ނޫން ކަމަށާއި އަދި އެމީހުންނަކީ މުސްލިމުން ކަމަށް ހެދިގެން އުޅޭ ބައެއް ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ސައުދީ ރަސްގެފާނު މިހެން ވިދާޅުވީ އައިއެސް އިން އުރުދުންގެ ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓާ އަންދާލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ދެއްވި ބަސްދީ ގަތުމެއްގަ އެވެ.
ރަސްގެފާނު ވިދާޅުވީ މުޢާޛުލްކަސާސިބާ އަންދާލި ވާހަކަ އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށާއި އެ އަމަލަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ.
އައިއެސްއަށް ފާޑުކިޔާ އައިއެސްގެ އަމަލު، ސައުދީ ރަސްގެފާނު ކުށްވެރިކުރައްވާފައިވާއިރު އުރުދުން އިން ބުނެފައިވަނީ ޕައިލެޓް އަންދާލުމުން އޭގެ ބަދަލު ހިފުމުގެ ރޫހު އުރުދުންގެ ކޮންމެ މީހެއްގެ ކިބައިގާ އާލާވެފައިވާކަމަށާއި އައިއެސް ނައްތާލުމަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގާ ކުރިއަށްވުރެ ބޮޑަށް އެއްބާރުލުންދީ އައިއެސް ނައްތާލުމަކީ އެމީހުންގެ މައްޗަށް ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ.
ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓާ އަންދާލުމުން އުރުދުންގެ ޖަލުގައި ހައްޔަރުކޮށްފައި އިން އައިއެސްގެ ހަނގުރާމަވެރިޔާ، ސާޖިދާ އަލް ރިޝާވީއާއި އިތުރު ހަނގުރާމަވެރިއަކު އުރުދުން ވަނީ ދަންޖައްސާ މަރާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް