ފަޒުލް ގެ ގެއިން 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ފެނުނު !

ބިންވެރިޔާ ސްކީމްގެ މައްސަލައިގާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ފެނުނު ކަމަށް ދެކެވޭ ވާ...

05 Jan 2025 | 17:06

ބިންވެރިޔާ ސްކީމްގެ މައްސަލައިގާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ފެނުނު ކަމަށް ދެކެވޭ ވާހަކައަށް މިހާރު ނޫހުން އިތުރު އަލިކަމެއް ގެނެސްދީފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކާކުކަން ނޭނގޭ ގޮތަކަށް "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުން މިއަދު އިރުއޮއްސެން އުޅެނިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަޒުލްގެ ގެއިން ފުލުހުންނަށް 1.5 މިލިޔަން ރުފިޔާ ފެނުނު ކަމަށާއި ނަމަވެސް އެކަން ހާމަނުކޮށް މަޑުކުރީ ކަށަވަރުވަންދެން ކަމަށެވެ.

ފުލުހުންނާއި މި ސުވާލު މީޑިއާތަކުން މިއަދު ކުރިމަތިކުރުވި ނަމަވެސް ފުލުހުން ރަސްމީ ސިފައެއްގައި އެ ސުވާލަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް މަސްދަރުތަކާ ހަވާލާދީ މިހާރު ނޫހުން މިރޭ ރިޕޯޓްކޮށްފައިވާގޮތުގައި އެ ގެއިން 1.4 މިލިޔަން ރުފިޔާ ފެނުނު ކަމާއި އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެ ނޫހަށް ވަނީ އެނގިފައެވެ.

އެ ފައިސާ ހުރީ ދަބަހެއްގައި ކަމަށްވެސް މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ފަޒުލްގެ ގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ބުނެފައިވަނީ އެ ގެއިން އިލެކްޓްރޯނިކް ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. ފައިސާއެއް ގެންދިޔަކަމަށް އޭރަކު ނުބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް