މިރޭގެ މޫސުން: އުތުރާއި މެދުރާއްޖެއަށް ވިއްސާރަ – ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ

މިރޭގެ މޫސުމަށް ބަލައިލާއިރު މިރޭ އުތުރާއި މެދުރާއްޖެއަށް ވިއްސާރަކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިނ...

05 Jan 2025 | 15:33

މިރޭގެ މޫސުމަށް ބަލައިލާއިރު މިރޭ އުތުރާއި މެދުރާއްޖެއަށް ވިއްސާރަކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ ހެނދުނާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނުގެ އެކި ހިސާބަށްވެސް ކެރީގެ އަސަރުކުރުން އަދި ގުގުރުން އެކަށީގެންވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް