ޔުގާންޑާ، ރަޝިޔާ އަދި ބަންގްލަދޭޝް ބަޔަކު ހިމެނޭހެން ހަށި ވިއްކި މައްސަލައެއްގައި ބަޔަކު ޑީޕޯޓް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ބައެއްގެ ތެރެއިން އެއް ބަޔަކު ޑީޕޯޓްކޮށް އަނެއް ބަޔަކު ޑީޕޯޓްކޮށްލަން ތައްޔާރުވެފައިވާކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ. އެގޮތުން އިމިގްރޭޝަނުން މިއ...

05 Jan 2025 | 07:24

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ބައެއްގެ ތެރެއިން އެއް ބަޔަކު ޑީޕޯޓްކޮށް އަނެއް ބަޔަކު ޑީޕޯޓްކޮށްލަން ތައްޔާރުވެފައިވާކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ.

އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ދެ އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ ފަސް ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ޔުގާންޑާއަށް ނިސްބަތްވާ އަންހެނަކާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ އަންހެނެއްގެ އިތުރުން ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް