ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މެރިން ޕޮލިހުން ދެންމެ ބުނެފައިވާގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަރި އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއްގައި ތިބި ފަސިންޖަރުންނަށެވެ.
09:45 ހާއިރު ދަތުރުފެށި އެ ލޯންޗު އަލިހުރަސް ކަނޑުގައި އިންޖީނު ހުއްޓުމުން ކުޑަކުދިން ހިމެނޭހެން އެ ލޯންޗުގައި ތިބި 24 މީހަކު މާލެ ގެނެސްދީފައިވާކަމަށް މެރިން ޕޮލިސް އިން ބުނެއެވެ.
އުޅަނދު ރައްކާތެރި ހިސާބަކަށް ގެންދިއުމަށް އުޅަނދުގެ ވެރިފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މެރިން ޕޮލިހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް