ދިފާޢީ ވަޒީރު ޣައްސާން އަންގާރަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ދީފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މި ހަފްތާގެ އަންގާރަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އެގޮތުން އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފ...

05 Jan 2025 | 04:59

ދީފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މި ހަފްތާގެ އަންގާރަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގަ ޣައްސާންގެ މި ދަތުރުފުޅުގައި އަންގާރަ އަދި ބުދަ ދުވަހު ޣައްސާން ހުންނަވާނީ އިންޑިއާގައެވެ.

މިއީ ދިފާޢީ ވަޒީރު ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޣައްސާން މި ހަފްތާގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވީ މިއަދު އެވެ. ޚާރިޖީ ވަޒީރުގެ ދަތުރުފުޅުން އެންމެ ފާހަގަވެގެންދިޔަ ސުރުހީއަކީ "އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް ޔާމީންގެ ހަރުކަށި ވިސްނުންފުޅު ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް