ފުލުހުންގެ ކާރާއި ސައިކަލު ޖެހި ހިނގި އެކްސިޑެންޓް ހިނގި މަންޒަރުދުއް ފަރާތެއް ވާނަމަ އަންގާލަދޭން ފުލުހުން އެދިއްޖެ

2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއ...

05 Jan 2025 | 03:46

2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށެވެ.

"މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމު" ފުލުހުން ބުނެފައިވެއެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ޒުވާނަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އެ ޒުވާނާގެ ހާލު ސީރިއަސްކަމުގައި އައިޖީއެމް ހޮސްޕިޓަލުން ހުސްވި ހަފްތާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް