ދުވަހުގެ މޫސުން: އުތުރުގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު – އުތުރާއި މެދުރާއްޖެއަށް ވިއްސާރަވެސްމެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް އިރު އުތުރާއި މެދުރާއްޖެއަށް މިއަދަކީވެސް ވިއްސާރަ ދުވަހެއްކަމުގައި މެޓުން ބުނ...

05 Jan 2025 | 03:28

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް އިރު އުތުރާއި މެދުރާއްޖެއަށް މިއަދަކީވެސް ވިއްސާރަ ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ.

"ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު މިއަދު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް