ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. ...

05 Jan 2024 | 10:50

ކަނޑައެޅިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެންތަންތަނުގައި އުޅަނދު ޕާކު ނުކުރުމަށާއި މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

އެގޮތުން ފުލުހުން ވަނީ ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވާ އެހެން ތަންތަނުގައި ޕާކު ނުކުރުމަށް އަންގާފައެވެ.

އާންމު ދަތުރުފަތުރުތަކަށް ދަތިވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް