ބޭބެ ގަޔަށް ވަޅި ޖެހި މައްސަލައިގަ ހައްޔަރު ކުރި ކޮއްކޮ ދޫކޮށްލައިފި

ބޭބެ ގަޔަށް ވަޅި ޖެހި މައްސަލައިގަ ހައްޔަރު ކުރި ކޮއްކޮ ބަންދުން ދޫކޮށްލައިފި އެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މި ހާދިސާގައި ޒަހަމްވީ 37 އަހަރުގެ...

05 Jan 2023 | 16:26

ބޭބެ ގަޔަށް ވަޅި ޖެހި މައްސަލައިގަ ހައްޔަރު ކުރި ކޮއްކޮ ބަންދުން ދޫކޮށްލައިފި އެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މި ހާދިސާގައި ޒަހަމްވީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ އެ ފިރިހެން މީހާގެ އުމުރުން25 އަހަރުގެ ކޮއްކޮ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އަންހެން މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ އިއްޔެ އެވެ.

އަންހެން މީހާ ބޭބެ ގަޔަށް ވަޅި ޖެހީ ގޭތެރޭގައި ދެމީހުންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެވެ. މި ހާދިސާގައި ލިބުނު އަނިޔާތަކަށް37 އަހަރުގެ ފިރިހެން މީހާ ވަނީ ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ހޯދާފައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް