ދެ ރަށެއްގެ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ދެ ރަށެއްގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ ޅ. ހިންނަވަރާއި ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކުރީ ސާސްއެ...

05 Jan 2023 | 15:17

ދެ ރަށެއްގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ޅ. ހިންނަވަރާއި ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކުރީ ސާސްއެ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިކަމަށެވެ.

ހިންނަވަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮށްޕިޓަލެކެވެ. އެ މަޝްރޫއުގެ ދަށުން އެކޮމަޑޭޝަން ބިލްޑިންގަކާއި ސާވިސް ބިލްޑިންގެއް ޢިމާރާތް ކުރުން ހިމެނެއެވެ.

މިއީ 185.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސާސްއެ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ހިންނަވަރު ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަވާލުކުރެވިފައި ވަނީ 18 މަސް ދުވަސް ތެރޭގައެވެ.

ކެނދިކުޅުދޫގައިވެސް އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލަކަށެވެ. އެކޮމަޑޭޝަން ބިލްޑިންގަކާއި ސާވިސް ބިލްޑިންގެއް ޢިމާރާތް ކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަވާލުކުރެވިފައި ވަނީ 18 މަސް ދުވަސް ތެރޭގައެވެ.

މިއީ 193.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސާސްއެ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް