މާލެ ސިޓީ ކައުންސިލުގެ ''ޗާލު މިސްކިތް'' ހަރަކާތުގައި ކުޑަ ކުދިންގެ ހަވީރެއް

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހިންގާ "ޗާލު މިސްކިތް" ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބާއްވާ ...

05 Jan 2023 | 14:32

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ހިންގާ "ޗާލު މިސްކިތް" ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބާއްވާ "ޗާލު މިސްކިތް" ހަރަކާތުގައި އޮންނަ ކުޑަ ކުދިންގެ ހަވީރުގައި "ބައުންސީ ކާސަލް" އާއި ކުރެހުމާއި ކުލަޖެއްސުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން މި ހަރަކާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ސިޓީ ކައުންސިލުން ބުނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު މި އިވެންޓް ކުރިއަށް ދާނެ ކަމަށާއި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ (ހުކުރު) ހަވީރު 4 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން ރޭގަނޑު 11 އާއި ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އަދި ޖެނުއަރީ 7 ވަނަ ދުވަހު (ހޮނިހިރު) ހެނދުނު 9 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން 11 އާއި ހަމައަށް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ޚާއްސަ ޙަރަކާތެއްގެ ގޮތުގައި ޓެލެތޯންއެއް ބޭއްވުމަށް ނިންމާފައި ވާއިރު، އެ ކައުންސިލުން ބުނީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށެވެ.

އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ކަމަށާއި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް