ޝުޖާޢު ރިޔާސީ އިންތިހާބަށް ކެމްޕޭނު ފައްޓަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާޢު ޙުސެއިން އޭނާގެ ކެމްޕޭނު ފައްޓަވައިފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނައިބުރައީސްކަން ކުރ...

05 Jan 2023 | 09:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާޢު ޙުސެއިން އޭނާގެ ކެމްޕޭނު ފައްޓަވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނައިބުރައީސްކަން ކުރެއްވި ޝުޖާޢު ކެމްޕޭނު ފެއްޓެވިކަން ހާމަކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ނިކުންނަނީ ކުނިވެ ފުޅަ އަޅާފައިވާ ސިޔާސީ މައިދާން ސާފުކޮށް ތާހިރުކުރަން ކަމަށެވެ.

https://twitter.com/alameershujau/status/1607977371109584901

ޝުޖާޢު އޭނާގެ ކެމްޕޭނު ފައްޓަވާފައިވާއިރު އޮލިމްޕަސް ސިނަމާ ކައިރީގައި ހުންނަ ބޮޑު ސްކްރީނެއްގައި އޭނާގެ ކެމްޕޭނު ޕޯސްޓަރުވެސް ވަނީ ޕޯސްޓްކޮށްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ފޯރިގަދަ އިންތިހާބެއްކަމުގައި ބެލެވޭއިރު ރިޔާސީ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހް، ރައީސް ނަޝީދު، ރައީސް ޔާމީން، އުމަރު ނަސީރު އަދި ޝުޖާޢު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް