ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ކައިވެނީގެ ބޭރުން އެއް ގެއެއްގައި އުޅޭ މައްސަލަ ހޫނުވެއްޖެ، ސައުދީ ގާނޫނުން އެކަން މަނާކުރޭ !

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނީގެ ބޭރުން އެއް ގެއެއްގައި ދިރިއުޅެމުން އަންނަ މައްސަލަ ހޫނުވެ އެ މައްސަލަ އެގައުމުގެ ވަކީލުންގެ ޓީމަކުން ބަލަމުން އ...

05 Jan 2023 | 08:12

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނީގެ ބޭރުން އެއް ގެއެއްގައި ދިރިއުޅެމުން އަންނަ މައްސަލަ ހޫނުވެ އެ މައްސަލަ އެގައުމުގެ ވަކީލުންގެ ޓީމަކުން ބަލަމުން އަންނަ ކަމަށް މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔޫރަޕްގެ ފުޓްބޯޅައާ އަލްވަދާއު ކިޔުމަށްފަހު، ސައުދީގެ ކުލަބް އަލް ނަޞްރަށް ރޮނާޑޯ ސޮއިކުރީ މިދިޔަ ހުކުރު ދުވަހުގައެވެ. 200 މިލިއަން ޔޫރޯގެ މުސާރައަކަށް އަލް ނަޞްރަށް ބަދަލުވި ރޮނާލްޑޯ އާއި އެކު އޭނާގެ ލޯބޮވެރިޔާ ޖޯޖީނާ އާއި އެނާގެ ދަރިންވެސް މިހާރު ދިރިއުޅެމުން އަންނަނީ ސައުދީ އަރަބިއާގައެވެ. ދީނީ ކަންކަމުގައި ހަށުކަށި އުސޫލުތަކެއް އޮންނަ ސައުދީ އަރަބިއާގެ ޤާނޫނު ބުނާ ގޮތުން ކައިވެނިން ބޭރުން ހިލޭ އަންހެނަކާއި ހިލޭ ފިރިހެނަނު އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެމުން ގެންދިއުމަކީ އެގައުމުގެ ޤާނޫނު ތަންދޭ ކަމެއް ނޫންނެވެ.

ސައުދީގެ އެފްއީއެފް އިން އާންމުކުރި ރިޕޯޓެއްގައި ގައި ބުނެފައިވަނީ ސައުދީގައި ހެދިފައި އޮންނަ ޤާނޫނުތަކާއި ޚީލާފަށް އެގައުމުގެ ކަންކަން ކުރިޔަށް ދާނަމަ އެކަން ވަކި މީހަކު އިސްތިސްނާ ކުރުމެއް ނެތި ބަލަމުން ގެންދާނެ ކަމަށާއި އެގޮތުން ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިން ބޭރުން އެއް ގެއެއްގައި އުޅެމުން ދާ މަސައްލަ މިހާރުވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އަދި މި މައްސަލަ ސައުދީގެ ދެ ވަކީލަކު މެދުވެރިކޮށް މިހާރު ބަލަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އަދި ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ސައުދީގައި މިގޮތައް ދިރިއުޅޭނަމަ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ޖެހޭނެ ކަމަށާއި ނޫނީ ދެ މީހުން ދިރިއުޅުން ދެ ގެއަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ނަމަވެސް ސައުދީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީގައި މިގޮތައް ޤާނޫނޫ ހެދިފައި އޮތް ނަމަވެސް މި ޤާނޫނަށް އަމަލެއް ނުކުރެއެވެ. ގިނަ ފަހަރު މިފަދަ ޤާނޫނުތަކަށް އަމަލުކުރަނީ ކޮންމެވެސް މައްސަލަތަކެއް އެބައެއްގެ ފަރާތުން ފެންމަތިވުމުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ސައުދީއަށް މިގޮތަށް ދިރި އުޅުން ބަދަލުކޮށްގެން ދިރިއުޅޭ އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ކައިވެނިން ބޭރުން އެއް ގެއެއްގައި ދިރިއުޅެމުން ގެންދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސައުދީގެ މީޑިއާގައި މިގޮތައް ވާހަކަ ދެކެވުނު ނަމަވެސް މި މައްސަލައާއި ގުޅިގެން އެގައުމުން ރަސްމީކޮށް މިކަމާއި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް