މީރާގެ މުވައްޒަފުން ފިޔަވަތީގެ ކުދިންނަށް ބޭނުންވާ ތަކެއްޗަށް 56،300 ރުފިޔާ ހަދިޔާ ކޮށްފި!

'މިރާ މުވައްޒަފުން ތިކުދިންނަށް ދޭ ހަދިޔާ' ގެ ނަމުގައި ހުޅުމާލޭ ފިޔަވަތީގެ ކުދިންނަށް އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ ހަވީރު ފިޔަވަތީގައި  ބޭއްވި ހަރަކާތުގައި މީރާގެ މުވ...

05 Jan 2023 | 08:07

'މިރާ މުވައްޒަފުން ތިކުދިންނަށް ދޭ ހަދިޔާ' ގެ ނަމުގައި ހުޅުމާލޭ ފިޔަވަތީގެ ކުދިންނަށް އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ ހަވީރު ފިޔަވަތީގައި  ބޭއްވި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނަށް ބޭނުންވާ ތަކެއްޗަށް-/56,300 ރުފިޔާ ހަދިޔާކޮށްފައެވެ.

މި ހަވީރުގައި ފިޔަވަތީގެ ކުދިންނާއި މުވައްޒަފުންނާއިއެކު މީރާގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވެއެވެ. އެގޮތުން މިފަދަ ހަރަކާތްތަކަށް މީރާގެ މުވައްޒަފުން ދޭ އަހުމިއްޔަތުކަން ފާހަގަ ކުރައްވައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީޢު ވިދާޅުވެފައިވަނީ މފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމުގައެވެ. އަދި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިންމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ހަރަކާތުގައި ފިޔަވަތީގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްވަނީ މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފިޔަވައްޗަށް ދެމުން ގެންދާ އެހީ ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީރާއަކީ ކޮންމެ އަހަރަކުވެސް މި ފަދަ އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން، އެހެނިހެން ފަރާތްތަކުން ވެސް ރާވައި ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދާ މުއައްސަސާއކެވެ.އަދި މިހަރަކާތަކީ  މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް