އާރްޔަން އާއި ނޯރާގެ ފޮޓޯއަކާއި އެކު އާ ގުޅުމެއް ފެށުނު ކަމަށް ބުނާ ވާހަކައެއް!

ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން އާއި ނެށުންތެރިޔާ ނޯރާ ފަތޭހީ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ވަރަށް ގަދައަށް ވާހަކަ ދެކެވެން ފަށައިފި އެވެ. މި ވާހަކަ ދެކެވެން ފެށި އާ އަ...

05 Jan 2023 | 06:23

ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން އާއި ނެށުންތެރިޔާ ނޯރާ ފަތޭހީ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ވަރަށް ގަދައަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

މި ވާހަކަ ދެކެވެން ފެށި އާ އަހަރު ފާހަގަ ކުރަން ދެމީހުންނަށް ދުބާއީގައި އުޅެވުމުންނެވެ. އަދި އިއްތިފާގަކީ ދެ މީހުންނަށް ދެވުނީ އެއް ޕާޓީއަކަށްވުމާއި އެކުގައި ފޮޓޯ ނެގުމެވެ.

އުމުރުން 30 އަހަރުގެ ނޯރާ އާއި 25 އަހަރުގެ އާރްޔަން އެއް ކޮށް އުޅެ، ވާހަކަ ދައްކައި ސެލްފީ ނަގައި ހަދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި އާންމު ކުރީ ފޭނުން ތަކެކެވެ. އެމީހުން ބުނީ ދެމީހުން އުޅުނު ގޮތުން ހަމަ ހީވަނީ ލޯބިވެރިން ހެން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ދެމީހުން ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު އާރްޔަންގެ ގާތް މީހަކު ބުނީ އެ ދެމީހުންގެ މެދުގައި ގުޅުމެއް ނެތް ކަމަށެވެ. އެ ދަތުރުގައި ދެމީހުން ބައްދަލުވީ އެ ޕާޓީން ކަމަށާއި އާންމުވެގެން އުޅޭ ފޮޓޯތަކުގައި އެ ދެމީހުން އެކަނި ތިއްބަސް އާރްޔަން ކައިރީގައި އޭނާގެ އެކުވެރިން ތިބި ކަމަށެވެ. އަދި ނޯރާގެ އެކުވެރިންވެސް އުޅުނު ކަމަށެވެ.

މި ފޮޓޯއާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ހިޔާލު ފާޅު ކުރި މީހުން ވަނީ އާރްޔަން އާއި ނޯރާގެ މެދުގައި ގުޅުމެއް އޮތް ނަމަ އެކަމާ އެންމެ ހިތާމަ ކުރާނީ ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ ކަމަށް ބުނެފައި އެވެ. އެއީ އޭނާ އާއި އާރްޔަން ކުރިން ރައްޓެހިވި ކަމަށް ބުނާތީ ކަމަށާއި އަނަންޔާ އެންމެ ލޯބިވާ މީހަކީވެސް އާރްޔަން ކަމަށްވާތީ ކަމަށެވެ.

އާރްޔަންގެ ލޯބީގެ ތަފާތު ވާހަކައެއް ފެންމަތިވި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް