އުރީދޫއިން މުޅި އަހަރަށް 365 ޖީބީ ޑޭޓާ ލިބޭ ޕްރީޕެއިޑް ޕްލޭނެއް ތައާރަފުުކޮށްފި

އުރީދޫއިން2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފުކޮށްފި އެވެ. މި ޕްލޭންގެ ދަށުން މުޅި އަހަރަށް ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭނެ އެވެ. އެ...

05 Jan 2023 | 04:47

އުރީދޫއިން2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފުކޮށްފި އެވެ.

މި ޕްލޭންގެ ދަށުން މުޅި އަހަރަށް ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ކޮންމެ ދުވަހަކަށް އެއް ޖީބީގެ ޑޭޓާ އެވެ.

ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން – "އަހަރީ ޕްލޭން" ނަގަން ބޭނުންވާ ފަރާތްތަކުން ހަރަދު ކުރަން ޖެހެނީ 3،000 ރުފިޔާ އެވެ.

"އަހަރީ ޕްލޭން" ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ގަނެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

މި ޕްލޭން އެކްޓިވޭޓް ކުރުމަށް އުރީދޫ އެޕް އަދި އެސްއެމްއެސް ވެސް ކުރެވޭނެ އެވެ..

މީގެ އިތުރުން އުރީދޫއަށް އަލަށް ގުޅިވަޑައިގަންނަވައި ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނަރ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް