ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާންތް ސިންގް ރާޖްޕުޓް ދިރިއުޅުނު އިންޑިއާގެ މުމްބާއީގެ އަގުބޮޑު އެޕާޓްމެންޓު ތިން އަހަރު ފަހުން ކުއްޔަށް ހިފާނެ މީހަކު ވެއްޖެ އެވެ.
2020 ވަނަ އަހަރުގެ ޖޫން މަހު އޭނާ މަރުވީ އެ އެޕާޓްމެންޓުގެ ފަންކާއެއްގައި ދަންޖެހިގެންނެވެ. ވަރަށް އަގުބޮޑު ސަރަހައްދެއްގައި ހުންނަ އެ އެޕާޓްމެންޓު އެ މައްސަލައިގަ ވަރަށް ގިނަ ދުވަސްވަންދެން ތަހުގީގަށް ބަންދުކޮށްފައި ހުއްޓެވެ.
އޭގެ ފަހުން އެތައް ކުއްޔަށް ދޭން މަސައްކަތް ކުރިޔަށް ފަހުގެ މަރުހަލާގައި އެކަން ކާމިޔާބު ނުވާ ކަމަށް މީގެ ކުރީގެ ރިޕޯޓުތަކުގައިވެ އެވެ.
މިފަހަރު އެ އެޕާޓްމެންޓު މީހަކު ކުއްޔަށް ނަގަނީި މަހަކު ފަސް ލައްކަ އިންޑިއަން ރުޕީސް އަށެވެ. އަދި 30 ލައްކަ ރުޕީސްގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ.
އެތަން ކުއްޔަށް ދޫކުރުން ހަވާލުކޮށްފައިވާ ރިއަލް އެސްޓޭޓް އެޖެންސީން މީޑިއާގައި ބުނީ އެމީހާ އެތަން ކުއްޔަށް ނަގަން ވާހަކަ ދައްކާތާ ދެތިން މަހެއް ވެފައިވާ ކަމަށާއި މިހާރު ނަގާނެކަން ޔަގީންވެ އެއްބަސްވުމަކާއި ހަމައަށް އާދެވެފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ އެތަން ހުސްކޮށް ތިން އަހަރު ބަހައްޓަން ޖެހުނީ ކުއްޔަށް ހިފަން ބޭނުންވާ މީހުން ބިރު ގަންނާތީ ކަމަށެވެ.
އެގޮތުން ތަން ދައްކަންދާން ހުރިހާ ކަމެއް ނިންމާފައި އޮއްވަ އެޕާޓްމެންޓަކީ ސުޝާންތު ދަންޖެހުނު އެޕާޓްމެންޓުކަން އެނގުމުން މީހުން ކެންސަލް ކޮށްލަނީ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިފަހަރު ކުއްޔަށް ހިފަން ނިންމި މީހުން ވަނީ މިހާރު ސުޝާންތުގެ މަރުގެ ވާހަކަ ހަނދާން ނެތި ފަނޑުވެފައިވާ ކަމަށް ބުނެފަ އެވެ.
އެ އެޕާޓްމެންޓަކީ 2،500 އަކަފޫޓުގެ ތަނެކެވެ. ގިނަ ބަޔަކު އެތަން ހިފަން ޖެހިލުންވިޔަސް ގަޔާވަނީ އެޕާޓްމެންޓަކީ މޫދު ފެންނަ ގޮތަށް އިންނަ ތަނަކަށް ވާތީ އެވެ.
ސުޝާންތު ދުނިޔޭގައި ހުރި އިރު އޭނާ އެތަން ކުއްޔަށް ނެގީ 2019 ވަނަ އަހަރު ތިން އަހަރުގެ މުއްދަތަކަށެވެ. އޭނާ ކުލީގެ ގޮތުގައި މަހަކު ދެއްކީ 4.51 ލައްކަ ރުޕީސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް