މައްކާއާއި މަދީނާއާއި ދެމެދު ރެއިލް ދުއްވަން ފުރަތަމަ ފަހަރަށް އަންހެނުން ތަމްރީން ވެއްޖެ!

ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއާއި މަދީނާއާއި ދެމެދު އުމްރާ އަދި ހައްޖުވެރިން ދަތުރުކުރާ ހަރަމައިން އެކްސްޕްރެސްގެ ހައި ސްޕީޑް ޓްރެއިން ދުއްވުމަށް ފުރަތަމަ ފަހަރަށް އަންހެން ޑްރައިވަރުން ތަމް...

05 Jan 2023 | 01:57

ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއާއި މަދީނާއާއި ދެމެދު އުމްރާ އަދި ހައްޖުވެރިން ދަތުރުކުރާ ހަރަމައިން އެކްސްޕްރެސްގެ ހައި ސްޕީޑް ޓްރެއިން ދުއްވުމަށް ފުރަތަމަ ފަހަރަށް އަންހެން ޑްރައިވަރުން ތަމްރީން ވެއްޖެ އެވެ.

ސައުދީ ރެއިލްވޭސް ކުންފުނިން ތަމްރީނާއި ލައިސެންސް ހާސިލުކުރި 32 އަންހެން ޑްރައިވަރުންގެ މަސައްކަތް ފާހަގަކުރަނީ ތާރީހީ ކާމިޔާބެއް ގޮތުގައެވެ. އެ ކަނބަލުން ވަނީ ދުއްވުމުގެ އިތުރުން ދަތުރުގެ ހުރިހާ ކަމެއް ފުރިހަމައަށް އޮޕަރޭޓް ކުރުމަށް ދަސްކޮށްފައި އެވެ.

ފަހަކާއި ޖެހެންދެންވެސް ސައުދީއަކީ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ހަނި ޤައުމެކެވެ. އެހެންނަމަވެސް 2017 ވަނަ އަހަރުން ފެށިގެން ސައުދީގެ މިހާރުގެ ޕްރިންސް މުހައްމަދު ބުން ސަލްމާންއަށް ވެރިކަމުގައި ބާރު ލިބުނު ހިސާބުން ފެށިގެން އަންހެނުންނާއި ފިރިހެނުން އެއްހަމައެއްގައި ބައިވެރިވެވޭގޮތަށް ޤަވާއިދުތައް ދަނީ ބަދަލުކުރަމުންނެވެ.

ރެއިލް ދުއްވުމުގެ ލައިސެންސް ހާސިލުކުރި ސައުދީގެ ކަނބަލެއްކަމުގައިވާ ސާރާ އަލް ސެހްރީ ބޭރު ޙަބަރުތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެއީ މެދު އިރުމަތީގައި އަންހެން ޑްރައިވަރުންތަކެއް ތަމްރީނުކޮށް ކާމިޔާބުފެފައިވާ ފުރަތަމަ ފަހަރުކަމަށާއި އެކަމާއި މެދު ފަޙުރުވެރިވާކަމުގައެވެ.

ކުރިޔަށް އޮތް ހައްޖު އަދި އުމްރާ މޫސުންތަކަށް ޓްރެއިންގައި ދަތުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވާނެކަމުގައާއި އޭގެ ސަބަބުން ފިރިހެން އަދި އަންހެން ކަނބަލުން ތަމްރީނުކުރުން އިތުރުކުރާން ކަމުގައި ސައުދީ ރެއިލްވޭ ކުންފުނިން ހާމަކުރެއެވެ.

ސައުދީގެ ރެއިލްވޭ ކުންފުނިން ބުނީ 30 އަންހެން ޑްރައިވަރުން ތަމްރީނުކުމަށް ހުޅުވާލި ފުރުސަތުގައިި 28،000 އަންހެން ކެނޑިޑޭޓުން ކުރިމަތިލިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް