ޕާކިސްތާނުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޓީވީ ތަރި ހީރާ އުމަރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައީ އާ އަހަރު ފާހަގަ ކުރަންށެވެ ޗުއްޓީ ހޭދަ ކުރަމުން ދަނީ ސަންޓާރާ ރަސްފުށި ރިސޯޓު އެންޑް ސްޕާ މޯލްޑިވްސްގައި އެވެ.
ރާއްޖެ އައި ފަހުން ކޮށްފައިވާ ޕޯސްޓުތަކުގައި ފެންނަނީ މޫދު ކޮޓަރިއެއްގެ ބޭރުގައި ޑިކެއްގެ މަތީގައި އިށީނދެލައިގެން ބުއިމެއް ހިފައިގެން އިންދަ އެވެ. އޭގެ ފަހުން އިއްޔެވެސް ރާއްޖޭގެ ހިތްގައިމު މަންޒަރު ފެނިގެންދާ ފޮޓޯއެއް ޕޯސްޓު ކޮށްފައިވެ އެވެ.
ހީރާ ރާއްޖެ އައިސްފައިވަނީ އަވައްޓެރި ސްރީލަންކާގައިވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު އެވެ.
https://www.instagram.com/p/Cm9NL2hMVz9/
ހީރާ އާންމުންގެ މެދުގައި އެންމެ މަގުވޫލުވެގެން ދިޔައީ ޕާކިސްތާނުގެ ޑްރާމާ ސީރީޒްއެއް ކަމަށްވާ "މޭރޭ ހަމްސަފަރު" ންނެވެ. އޭގައި އޭނާ ކުޅެނީ މަރިޔަމްގެ ރޯލެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭގެ ކުރިންވެސް ގިނަ ޑްރާމާ ސިލްސިލާތަކެއް ހީރާ ކުޅުނެވެ. އެކަމަކު އާންމުންގެ މެދުގައި އޭނާގެ ކެރެކްޓާ މާބޮޑަށް ވައިގަ ހިފާފައެއް ނުވެ އެވެ.
އެކަމަކު "މޭރޭ ހަމްސަފަރު" ކުޅެން ފެށި ފަހުން އެ ގައުމުގެ މަޝްހޫރު ފިރިހެން ތަރިއްގެ ހުށަހެޅުންތައްވެސް ހީރާއަށް ދަނީ އޮހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް