މިއަދުގެ އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން11 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އިދިކޮޅުން މިއަދު މާލޭގައި ބޭއްވި އެއްވުމަށް ޕީޕީއެމް އިސްވެ އޮވެ ހިންގާ...

05 Jan 2022 | 16:07

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން11 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިދިކޮޅުން މިއަދު މާލޭގައި ބޭއްވި އެއްވުމަށް ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތެކެވެ. މިއަދުގެ ހަރަކާތުގައިވެސް އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓާއި ބެނާތައް ބޭނުންކޮށްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ އަންހެނުންނާއިި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އެވެ.

އިދިކޮޅުން ދަނީ މިއަދުގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގައި އިންޑިއާގެ 75 ސިފައިން އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް