އަމީތާބު އަނެއްކާވެސް ކޯވިޑްގެ ބިރުވެރިކަމުގެ ތެރޭގައި!

ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން އަނެއްކާވެސް ކޯވިޑް-19 އަށް ހުށަހެޅިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ މުމްބާއީގައި ހުންނަ އަމީތާބުގެ ދެ ގޭގެ މުވައްޒަފުންގެ ތެރެއިން އެކަކަށް ވަނީ ކޯ...

05 Jan 2022 | 14:53

ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން އަނެއްކާވެސް ކޯވިޑް-19 އަށް ހުށަހެޅިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ މުމްބާއީގައި ހުންނަ އަމީތާބުގެ ދެ ގޭގެ މުވައްޒަފުންގެ ތެރެއިން އެކަކަށް ވަނީ ކޯވިޑް ޖެހިފަ އެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ އާންމު އުސޫލުން އަމީތާބުގެ މުވައްޒަފުން ކޯވިޑް ޓެސްޓު ކުރި ކުރުމުގައި އެވެ.

އެކަން ހާމަ ކުރީ އަމީތާބުގެ ބްލޮގްގައި އެވެ. އޭނާ ބުނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުރިކަމަށާއި ދެން ސަޕޯޓަރުންނާއި ބައްދަލު ކުރާނީ ކޯވިޑް ނުޖެހޭކަން ކަށަވަރު ކުރުމަށް ފަހު ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ކަމަށެވެ.

އަމީތާބުގެ މުވައްޒަފު ވަނީ މުމްބާއީގެ ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކޮށްފަ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ތެރޭގައި އަމީތާބަށް ކޯވިޑް ޖެހިފައިވެ އެވެ.

އޭގެ ފަހުން އަމީތާބު އުޅެނީ ވަރަށް ބޮޑަށް ރައްކާތެރިކަން ކަށަވަރުކޮށްގެންނެވެ. އެގޮތުން ޝޫޓިންތަކަށް ދާއިރުވެސް މުޅި މޫނު ނިވާކޮށްގެން ނޫނީ ނުދާކަމަށް އޭނާ ބުނެފައިވެ އެވެ.

މި ދުވަސްވަރަކީ މުމްބާއީގައި ކޯވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ހަލުވިކަމާއި އެކު ފެތުރެން ފަށާފައިވާ ދުވަސްކޮޅެކެވެ. އަދި ބޮލީވުޑްތަރިންގެ މެދުގައި ކޯވިޑް ޖެހުން ވަނީ މިފަހުން އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް