ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް ދަނީ

ހއ. ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހި...

05 Jan 2022 | 11:51

ހއ. ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

އެގޮތުން ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެމްޓީސީސީން ހާމަކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 90.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް