ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯ އާންމުކޮށް މިއަދު ވިދާޅުވީީ 23 އޮކްޓޯބަރު 2021 ވަނަ ދުވ...

05 Jan 2022 | 10:44

ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯ އާންމުކޮށް މިއަދު ވިދާޅުވީީ 23 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަހީދު ޢަލީ ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށެވެ.

އެގޮތުން ވީޑިއޯ އިން ފެންނަ މީހާ އަކީ މި މައްސަލަ އާއި ގުޅިގެން ގަލޮޅު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމުގައެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދި ލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް