ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންގ އަދި ޕާސަނަލް ފައިނޭންސިންގ މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ ބެންކުން ބުނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ އިރު، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.
ބީއެމްއެލް އިސްލާމިކް އިން ދާދި ފަހުން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފައެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް