މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް ތަރައްގީ ކުރަންޖެހޭ: ރައީސް

މާލެ ސަރަހައްދު އެއްފަސްކޮށް އާބާދު ކުރުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައިފިިފި އެވެ. މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފ...

05 Jan 2022 | 08:37

މާލެ ސަރަހައްދު އެއްފަސްކޮށް އާބާދު ކުރުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައިފިިފި އެވެ.

މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލެ ސަރަހައްދަށް ހިދުމަތްތައް ޖަމާކޮށް، ތޮއްޖެހުން އިތުރުވެފައި އޮތުން ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހައްލު އޮތީ މި ސިޔާސަތާ އިދިކޮޅަށް ރާއްޖެ ލާމަރުކަޒީ ނިޒާމުން ތަރައްގީކޮށްގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކުރަން ޖެހޭ ކަަމަށެވެ. އެކަމަށްޓަކައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މިކަން ހައްލު ކުރުމަށް ލާމަރުކަޒީ ނިޒާމުން ގރާޢްޖެ ގުޅާލުން މުހިންމު ކަމަށް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމުން ރާއްޖެ ގުޅާލައި އެ ސަރަހައްދެއްގައި ވަސީލަތްތައް ގާއިމްކުރުމަކީ މި މައްސލައިގެ ހައްލަށް ސަރުކާރުން ގެންގުޅޭ ވިސްނުމެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް ބާރުވެރިކުރުވާފައިވާ އިރު އެ މަސައްކަތްތައް އަދިވެސް ކުރަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ އަވަސް ނިޒާމެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް