އުކުޅަހުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މި މަހު ނިމޭނެ: ސްޓެލްކޯ

އއ. އުކުޅަހުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މި މަހު ނިމޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގަ...

05 Jan 2022 | 08:03

އއ. އުކުޅަހުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މި މަހު ނިމޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އއ. އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ޖުމްލަ 2084 މީޓަރުގެ ކޭބަލް މިހާރު ވަނީ ވަޅުލާފައި ކަމަށެވެ.

އަދި މި މަސައްކަތް މި މަހުގެ މެދުތެރޭ ނިންމާލެވި، އުކުޅަހު ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން އުކުޅަހުގައި މިހާރު ކަރަންޓު ފޯރުކޮށްދެމުން ގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް ޢިމާރަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް