ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2021 އަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
ސްކޮލަރޝިޕްތައް ދަރިވަރުންނާ ޙަވާލު ކުރެވުނީ އެކަމަށްޓަކައި ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާއި ސްކޮލަރޝިޕް ޙަވާލުކޮށްދެއްވާފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ.
މި ރަސްމިއްޔާތުގައި ޑރ. އަންވަރު، ދަރިވަރުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މިސްކޮލަރޝިޕްގެ ބޭނުން ހިފައި، ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ހިތްވަރާއި ހިންމަތާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
2021 ވަނަ އަހަރު ވިލާ ކޮލެޖުގެ ފަރާތުން ވަނީ 4 ދާއިރާއަކުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ. މި ދާއިރާތަކަކީ ވިލާ ކޮލެޖު / ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް ކެޓެގަރީ، ވިލާ ކޮލެޖު އޯޕަން ސްކޮލަރޝިޕް ކެޓެގަރީ، ވިލާ ކޮލެޖު އެލުމްނައި ސްކޮލަރޝިޕް ކެޓެގަރީ އަދި ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ސްކޮލަރޝިޕް ކެޓެގަރީ އެވެ. މި ދާއިރާތަކުން ޖުމްލަ 7 ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އެކަމުގެ ލިޔުން ޙަވާލުކުރެވިފައެވެ.
އެދަރިވަރުންނަކީ:
- ވިލާ ކޮލެޖު / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ކެޓެގަރީ: ޙުސައިން ނުވާސް (ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
- ވިލާ ކޮލެޖު އޯޕަން ކެޓެގަރީ: ޕޯސްޓްގްރެޖުއޭޓް އައިޝަތު މަލްހާ (އެމް.އެސް.ސީ އެކައުންޓިންގ އެންޑް ފައިނޭންސް)
- އަންޑަރގްރެޖުއޭޓްމުޙައްމަދު އައްފާން (ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
- ފައުންޑޭޝަން އައިޝަތު އިނާން ރަމްޒީ (ސެޓްފިކެޓް 4 އިން ނަރސިންގ)
- ވިލާ ކޮލެޖު އެލުމްނައި ކެޓެގަރީ ޕޯސްޓްގްރެޖުއޭޓް ޢުޘްމާން ޝާޒް (އެލް.އެލް.އެމް (ކޮމަރޝަލް ލޯ)
- ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ކެޓެގަރީ ޙައްވާ އަޒުފާ (އެމް.އެސް.ސީ ނަރސިންގ)
- ސްކޮލަރޝިޕް ކޮމިޓީއިން ދެއްވާ ޚާއްސަ ސްކޮލަރޝިޕް އައިޝަތު ރިޔާސާ (އެލް.އެލް.އެމް (ކޮމަރޝަލް ލޯ) އެވެ.
ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖުގެ ފަރާތުން ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލާ އިރު، މި ހިނގާ 2022 ވަނަ އަހަރު ވެސް، މި ސްކީމްގެ ދަށުން ވަރަށް އަވަހަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް