އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ފަސް މެމްބަރުން އިސްތއިއުފާދެއްވުމުންނެވެ. މެމްބަރުން އިސްތިއުފާދެ...

05 Jan 2022 | 07:11

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ފަސް މެމްބަރުން އިސްތއިއުފާދެއްވުމުންނެވެ. މެމްބަރުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމުމުންނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ17 ވަނަ ދުވަހުގެ މެންދުރު 12:30 އަށް ކަމަށެވެ. ފޯމު ބަލައިގެންނާނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އޭސީސީ މެމްބަރުން ވަކި ކުރަން ނިންމީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ހެދި ޕާފާމަންސް އޮޑިޓް ރިޕޯޓަކަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް