ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކޯލް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްފަށައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ...

05 Jan 2022 | 06:24

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކޯލް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.

އެގޮތުން، މި ކޯލް ސެންޓަރުގެ ޚިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމުގައި އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އަދި ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަަންބަރެއް ޚާއްސަކޮށް އެ މިނިސްޓްރީގެ ޓްވިޓާގައި ހިއްސާކޮށްފައި ވެއެވެ. ކޯލް ސެންޓަރަށް ގުޅޭނެ ހޮޓް ލައިން ނަންބަރަކީ 1511 އެވެ.

މިގޮތުން، ޓްރާންސްޕޯޓްގެ ކޯލް ސެންޓރަުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު ފަހު 14:00 ގެ ނިޔަލަށެވެ.

މީގެ އިތުރުން، ކޯލް ސެންޓަރު ބަންދު ގަޑިތަކުގައި މަޢުލޫމާތު ހޯއްދެވުމަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް