ވަރުން ކޯވިޑަށް ޖޯކު ޖަގައިފި

ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބައްޔަށް ބޮލީވުޑްގެ ބަތަލް ވަރުން ދަވަން ޖޯކު ޖަހައިފި އެވެ. ވަރުން ދިރިއުޅެނީ އިންޑިއާގެ ވިޔަފާރީގެ މައި ހަބު މުމްބާއީގައި އެވެ. މުމްބާއީ އަކީ އިންޑިއާގައި ކޯވިޑް އެ...

05 Jan 2022 | 04:55

ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބައްޔަށް ބޮލީވުޑްގެ ބަތަލް ވަރުން ދަވަން ޖޯކު ޖަހައިފި އެވެ.

ވަރުން ދިރިއުޅެނީ އިންޑިއާގެ ވިޔަފާރީގެ މައި ހަބު މުމްބާއީގައި އެވެ. މުމްބާއީ އަކީ އިންޑިއާގައި ކޯވިޑް އެންމެ ހަލުވިކޮށް އިތުރުވަމުން އަންނަ އަދި މިހާރު އިތުރު ވަމުންދާ އާ ވޭރިއަންޓު ކަމަށްވާ އޮމިކްރޯންއަށް އެންމެ ގިނަ ބަޔަކު އިންޑިއާއިން ޕޮސިޓިވްވާ ސިޓީ އެވެ.

ބޮލީވުޑްގެ ގިނަ ތަރިން ތަކެއް މި ދުވަސްވަރު ކޯވިޑަށް ޕޮސިޓިވްވަމުން ދަނިކޮށް ވަރުން އިންސްޓަގްރާމްގައި ވަނީ އެކަމަށް ޖޯކު ޖަހާފަ އެވެ.

ވަރުން ބުނީ އެމީހަކީ މުމްބާއީއަށް ނިސްބަތްވާ މީހެއް ނަމަ ކޯވިޑަށް ޕޮސިޓިވް ރަހުމަތްތެރިއަކު ހުންނަން ޖެހޭނެ ކަމަށެވެ. ޕޮސިޓިވް ރަހުމަތްތެރިއަކު ނެތް ނަމަ އޭގެ މާނައަކީ އެމީހެއްގެ އެކުވެރިއެއް ނެތީ ކަމަށެވެ.

ދާދި ފަހުން ވަރުން ވަނީ މިހާރު ކޯވިޑް ޖެހިގެން އުޅޭ ބޮލީވުޑްގައި އޭނާގެ އެކުވެރިއެއް ކަމަށްވާ އަރްޖުން ކަޕޫރަށް އަވަސް ޝިފާއަކަށް އެދި މެސެޖު ކޮށްފަ އެވެ.

މި ފަހުން ކޯވިޑް ޖެހުނު ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރު، ޖޯން އަބްރަހަމްގެ ދެމަފިރިން ހިމެނެ އެވެ. އަދި ރިއާ ކަޕޫރު ހިމެނެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވަރުންއަށްވެސް ކޯވިޑް ޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް