އިއްޔެރޭ ފެތުރު އަލަމާ-5 ނަމަކަށް ކިޔާ ދޯނީގެ ދެ ފަޅުވެރިން ކަނޑުމަތިން ފެނިއްޖެ އެވެ.
ފެނިފައިވަނީ އޭގެން ދަތުރު ކުރި ބަންގްލަދޭޝްގެ އުމުރުން37 އަހަރުގެ އަސަދުލް އިސްލާމާއި ދެން ހުރި ބަންގްލަދޭޝް މީހާ އެވެ. އަދިވެސް ނުފެންނަނީ ދޯނީގެ ކެޕްޓަން ކ. ގުރައިދޫ އުމުރުން32 އަހަރުގެ އާދަމް ޝަފީގެވެ.
އެމްއެންޑީއެފް އިންފޮމޭޘަން އޮފިސަރު ވިދާޅުވީ އެމީހުން ފެނިފައވަނީ މިއަދު ހެނދުނު 6:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކަމަށެވެ. އެމީހުން ނެގީ ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށެވެ.
އެމީހުން ފެނުނު އިރު ތިބީ ދޯނީގެ ހަންތަކެއްގައި ހިފަހައްޓައިގެންނެވެ.
އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މިހާތަނަށް ޝަފީގުގެ ހަބަރެއް ވެފައި ނުވާ ކަމަށެވެ.
މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް